ކައުންސިލްގެ 4 ވަނަ ދަޢުރުގެ 187 ވަނަ އާންމު ޖަލްސާ (PN/2025/24) ގެ ނިންމުން
މިއިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދެމެދު ވެފައިވާ އެއްބަސްވުން ނަމްބަރ (AGR)311/311/2023/6 "އިޖުތިމާޢީ ސަރަޙައްދު ކުނިކެހުމުގެ އެއްބަސްވުން" ގެ މުއްދަތު ހަމަވެފައިވާތީ ތިރީގައިވާ އިސްލާހްތައް ގެނެސް އެއްބަސްވުން އަލުން އެކުލަވާލުމަށް ނިންމުން.
އެއްބަސްވުމުގެ މުއްދަތު
1 ޖަނަވަރީ 2025 އިން 31 ޑިސެމްބަރ 2025 ނިޔަލަށް.
ކައުންސިލާއި ރައްޔިތު އަންހެނުން ބޭނުންވެއްޖެނަމަ މިއެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ
ގެނެވިފައިވާ އިޞްލާޙްތައް
ހަވާލުކުރެވޭ އިޖުތިމާއީ ސަރަހައްދުތައް:-
v އަތިރިމަތީ ސަރަހައްދު - އަތޮޅުގޭ މަގު އުތުރުން ބަނދަރު ބުރުތަކާއި ހަމައަށް، ކައުންސިލް އިދާރާ އާއި އިންވެގެން އިރަށް އޮންނަ ހުސްބިމާއި ދިމާ އަތިރިމަތިން ފެށިގެން ފައިނު ސިއްހީ މަރުކަޒާއި ދިމާލު އަތިރިމައްޗާއި ހިސާބަށް.
· މިސަރަހައްދު ސާފުކުރާއިރު ކައުންސިލް އިދާރާ އާއި ދިމާ އަތިރިމަތީ ސަރަހައްދާއި ސިއްހީ މަރުކަޒާއި ދިމާ އަތިރިމަތީ ސަރަހައްދު ވަކިން ސާފުކުރުން ކުރިއަށް ގެންދެވިދާނެއެވެ.
v ބަނދަރު ސަރަހައްދު (ބަނދަރު ބުރުތަކުން ފެށިގެން އުތުރަށް)
v މިނޫންވެސް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވިފައިނުވާ އިޖުތިމާއީ ސަރަހައްދެއް ސާފުކުރުމަށް ކައުންސިލުން އެދިއްޖެނަމަ އެސަރަހައްދެއް.
މަސައްކަތް:-
v ހަވާލުކުރެވޭ ސަރަހައްދުތައް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ވިނަ ނޮޅާ ކުނިކަހާ ސާފުކުރަންވާނެއެވެ. ހަވާލުކުރެވޭ ސަރަހައްދު އޮންނަންވާނީ ރީތިކޮށެވެ. v މަސައްކަތުގެ ވެރިފަރާތާއި ކޮންޓްރެކްޓަރ ދެބައިވެރިން އެއްބަސްވާ ގޮތަކަށް ރަމަޟާންމަސް ތެރޭގައި ކުނިކަހަންޖެހޭ މިންވަރަށް ބަދަލުގެނެވިދާނެއެވެ. މިގޮތަށް ބަދަލު ގެންނަ ނަމަ، ދެފަރާތުން އެއްބަސްވެފައިވާ ގޮތް/ތާވަލް ލިޔުމުން ފެންނަން އޮންނަންވާނެއެވެ. |
v ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާ މަސް ފެށުމުގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
v އެއްވެސް ސަބަބަކާއިހުރެ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭގޮތް ނުވެއްޖެނަމަ އެކަން ކައުންސިލަށް އަންގަންވާނެއެވެ. އަދި ބަދަލުގައި ދުވަހެއް ހަމަޖައްސާ އެކަން ކައުންސިލަށް އަންގަންވާނެއެވެ. |
v ކޮންމެ މަހެއް ނިމުމުން އެމަހެއްގެ މަސައްކަތް ކުރިއަށް ގެންދެވުނުގޮތުގެ ތާވަލު ބިލާއިއެކު ހުށަހަޅަންވާނެއެވެ. ތާވަލުގައި ސާފުކުރި މަގުތަކާއި މަސައްކަތް ކުރި ތާރީޚް ތައް ވަކިވަކިން އެނގެން އޮންނަންވާނެއެވެ. އަދި ވެރިފަރާތާއި މަސައްކަތުގެ ކޮންސަލްޓަންޓް ޗެކްކޮށް ސޮއިކުރެވިފައި އޮންނަންވާނެއެވެ. |
v އިޖުތިމާއީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ރަށުގެ އަންހެން ބޭފުޅުން ގުޅިގެން ކުރިއަށްގެންދެވޭ މަސައްކަތަކަށްވުމާއިއެކު މިމަސައްކަތުގެ ތެރެއިން ރަށުގެ ރައްޔިތު އަންހެނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކުރުމަށް މަސައްކަތްކުރަންވާނެއެވެ. |
* މަސައްކަތު އަގުދިނުމަށް ހަމަޖެހިފައިވާ ގޮތް:
v މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް އަމިއްލަ ތަކެތި ބޭނުންކޮށްގެން ނިންމުމަށް ކޮންމެ މަހަކުވެސް ދެވޭނެ އަގަކީ -/22000 (ބާވީސްހާސް) ރުފިޔާއެވެ. މަސައްކަތުގެ ވެރިފަރާތާއި ކޮންޓްރެކްޓަރ ދެބައިވެރިން އެއްބަސްވާ ގޮތަކަށް ރަމަޟާންމަސް ތެރޭގައި ކުނިކަހަންޖެހޭ މިންވަރަށް ބަދަލުގެނެވިދާނެއެވެ. މިގޮތަށް ބަދަލު ގެންނަ ނަމަ، ދެފަރާތުން އެއްބަސްވެފައިވާ ގޮތް/ތާވަލް ލިޔުމުން ފެންނަން އޮންނަންވާނެއެވެ.
v ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާ މަސް ފެށުމުގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެއްވެސް ސަބަބަކާއިހުރެ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭގޮތް ނުވެއްޖެނަމަ އެކަން ކައުންސިލަށް އަންގަންވާނެއެވެ. އަދި ބަދަލުގައި ދުވަހެއް ހަމަޖައްސާ އެކަން ކައުންސިލަށް އަންގަންވާނެއެވެ.
No comments: