ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މަސްޖިފުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގައި އޮންލައިންކޮށެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރެއްވުން އެދެމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


މަސްޖިފުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން މަސްޖިފުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން Reviewed by ފައިނު ކައުންސިލް އިދާރާ on 8:02 PM Rating: 5

No comments:

Powered by Blogger.