ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ވާރޭފެން ރައްކާކުރާ ހަންތައް ބަހައްޓާފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ވާރޭފެން ރައްކާކުރުމަށް ހަންތައް ބަހައްޓާފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 24 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

ވާރޭފެން ރައްކާކުރާ ހަންތައް ބަހައްޓާފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެ ވާރޭފެން ރައްކާކުރާ ހަންތައް ބަހައްޓާފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 1:08 AM Rating: 5

No comments:

Powered by Blogger.