ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަތުރުވެރިންގެ ހިޔާގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދަނީ



ކައުންސިލުން ފައިނު ބަނދަރުމަތީ އެޅުމަށް ހަމަޖެހިފައިވާ ދަތުރުވެރިންގެ ހިޔާގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ހަވާލު ކުރެވިފައިވަނީ ސިކްސް އިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.



މިޕްރޮޖެކްޓްގެ މުއްދަތަކީ 120 ދުވަހެވެ. މިޕްރޮޖެކުޓަށް ގާތްގަނޑަކަށް -/427708 ރ (ހަތަރުލައްކަ ހަތާވީސްހާސް ހަތްސަތޭކަ އަށްރުފިޔާ) ހަރަދުވާނެކަމަށް ބެލެވިފައިވެއެވެ. މިޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއިއެކު ފަންޑު ހޯދިގެން ކުރެވެމުންދާ މަސައްކަތެކެވެ.



ދަތުރުވެރިންގެ ހިޔާ ޢިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ކޯރުކޮނެ ޕައުންޑޭޝަނާއި ބުޑުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތެވެ.

ދަތުރުވެރިންގެ ހިޔާގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދަނީ ދަތުރުވެރިންގެ ހިޔާގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދަނީ Reviewed by ފައިނު ކައުންސިލް އިދާރާ on 7:23 PM Rating: 5

No comments:

Powered by Blogger.