ދަނޑުވެރިކަންކުރާ ގަސްކާނާއައި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިރަށު ދަނޑުވެރިންނަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރޗް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ ސިޓީތައް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ މެންދުރު 12:05 ގައެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައި ބަޔާން ކުރެވިފައިވާ ކަންކަން ހިމެނިފައި އޮތުމާއިއެކު ސިޓީއުރައިގެ ބޭރުގައި "ގަސްކާނާއާއި ބޭސް ފޯރުކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނީ info@fainu.gov.mv އަށެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ.
• ފޯރުކޮށްދޭންޖެހޭ ތަކެތި:
792 ބަސްތާ ގެރިގުއި (25 ކިލޯ)
117 ޕެކެޓް ފްލޯރަލް 20-20-20
166 ޕެކެޓް ފަކީރާ ކާނާ، ނަމްބަރ 8
100 ޕެކެޓް ޔޫރިއާ (1 ކިލޯގެ)
428 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް 12+11+18
154 ކިލޯ ޕޮޓޭސިއަމް
48 ފުޅި އެބަމެކްޓިން %1.8 (500 ml)
މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
1. މާލެއިން ފައިނަށް ތަކެތި ފޯރުކޮށްދެވޭނެ އަގު
2. ކައުންސިލުން ކަނޑައަޅާ އުޅަނދަކަށް މާލެއިން ތަކެތި އަރުވައިދެވޭނެ އަގު
3. މާލެއިން ފައިނަށް ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު
4. ކައުންސިލުން ކަނޑައަޅާ އުޅަނދަކަށް މާލެއިން ތަކެތި އަރުވައިދެވޭނެ މުއްދަތު
5. ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާއަށް މާކްސްދެވޭނީ އެކަން އަންގައިދޭ ލިޔެކިޔުންތައް ސިޓީއާއިއެކު ހުށަހަޅާފައިވާނަމައެވެ)
ހުށަހަޙާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
• އަގަށް: %80
• މުއްދަތަށް %10
• ތަޖުރިބާއަށް %10
20 ޖުމާދަލްއާޚިރާ 1439
07 މާޗް 2018
ނަންބަރު: (IUL)311/311/2018/10
ދަނޑުވެރިކަންކުރާ ގަސްކާނާއައި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
Reviewed by ފައިނު ކައުންސިލް އިދާރާ
on
11:51 PM
Rating:
No comments: