ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ބީލަން ހުށަހެޅުމުގެ ދައުވަތު

ިއިދާރާއަށް ބޭނުންވާ ތިރީގައިމިދަންނަވާ ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހޯދަން ބޭނުންވާތަކެތި:
2 ކޮމްޕިއުޓަރ ސިސްޓަމް
2 ޕްރިންޓަރ
1 ވަޔަރލެސް މައިކް ސިސްޓަމް

ީވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މިބީލަމާގުޅޭ ލިޔެކިޔުންތައް ފޮނުވޭނެއެވެ. މިބީލަމުގައި ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. 17 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް
ބީލަން ބަލައިގަތުން. 22 ނޮވެމްބަރ 2022 ދުވަހުގެ 11.00 ގެ ނިޔަލަށް
ބީލަންތައް ހުޅުވުން. 22 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.



ބީލަން ހުށަހެޅުމުގެ ދައުވަތު ބީލަން ހުށަހެޅުމުގެ ދައުވަތު Reviewed by އާމިނަތު ވަސީމާ on 1:52 AM Rating: 5

No comments:

Powered by Blogger.