ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި އެވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

• 1480 ބަސްތާ ގެރިގުއި (25 ކިލޯގެ)
• 215 ޕެކެޓް އެން.ޕީ.ކޭ 20:20:20 (2 ކިލޯގެ)
• 330 ޕެކެޓް ބާސް (ނަމްބަރ 8)
• 230 ޕެކެޓް ޔޫރިޔާ (1 ކިލޯގެ)
• 796 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
• 297 ކިލޯ ޕޮޓޭސިއަމް
• 100 ފުޅި އެބަމެކްޓިން (100 އެމް އެލް)

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 01 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 7:52 PM Rating: 5

No comments:

Powered by Blogger.