ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މިއިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިއިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 16 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 19 ފެބުރުއަރީ 2020 ބުދަ ދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


މިއިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ މިއިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by އިބްރާހީމް ފަހީމް on 1:13 AM Rating: 5

No comments:

Powered by Blogger.