"ފައިނު އެވޯޑް" ހަފްލާގެ ސްޓޭޖް/ހޯލް ތައްޔާރުކުރުމާއި ސައުންޑް އަދި ލައިޓިންގ ހަމަޖެއްސޭނެ ފަރާތެއް ހޯދުން - 2

ރަށު ދުވަހާ ގުޅުވައިގެން، ފައިނުގެ ހިދުމަތްތެރީންނާއި މަސައްކަތްތެރީންނާއި އަދި ރަށަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ފައިނު އެވޯޑު" ހަފުލާ ގެ ސްޓޭޖް/ހޯލް ތައްޔާރުކުރުމާއި ސައުންޑް އަދި ލައިޓިންގ ހަމަޖެއްސޭނެ ފަރާތެއް ހޯދުމަށް ކުރި(IUL)311/311/2025/46 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާތީ މިކަމަށް އެދުމަށް ދެވަނަ ފުރުޞަތެއް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވުން އެދެމެވެ. ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމިކަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 30 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
• ބީލަން ބަލައިގަތުން: 7 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
• ބީލަންތައް ހުޅުވުން: 7 ޑިސެމްބަރ 2025 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.


"ފައިނު އެވޯޑް" ހަފްލާގެ ސްޓޭޖް/ހޯލް ތައްޔާރުކުރުމާއި ސައުންޑް އަދި ލައިޓިންގ ހަމަޖެއްސޭނެ ފަރާތެއް ހޯދުން - 2 "ފައިނު އެވޯޑް" ހަފްލާގެ ސްޓޭޖް/ހޯލް ތައްޔާރުކުރުމާއި ސައުންޑް އަދި ލައިޓިންގ ހަމަޖެއްސޭނެ ފަރާތެއް ހޯދުން - 2 Reviewed by ފައިނު ކައުންސިލް އިދާރާ on 9:48 PM Rating: 5

No comments:

Powered by Blogger.