ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުު ކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި ޢުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން، ކައުންސިލަށް ލަފާދޭ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އުފެއްދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ނިންމަވާފައެވެ. މިގޮތުން އައްޔަންކުރެވޭ މެންބަރަކީ ވަކި އުޖޫރައެއް ދޭގޮތަށް ހަމަޖެހިފައިވާ މެންބަރެއް ނޫނެއެވެ. މެންބަރުން އައްޔަން ކުރުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވަނީ 1 ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ ތަޢުލީމާއި ތަޖުރިބާގެ ގޮތުން އެންމެ ޤާބިލް ބޭފުޅަކު އައްޔަން ކުރުމެވެ. ތަޢުލީމާއި ތަޖުރިބާގެ ގޮތުން އެއްވަރު އެކަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ އެބޭފުޅަކު ހޮވާނީ ގުރުއަތު ލައިގެނެވެ.
ވީމާ، އާންމު ރައްޔިތުންގެ ތެރެއިން ކައުންސިލަށް ލަފާދޭ ކޮމެޓީގަައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ.
ނަންބަރު: (IUL)311/311/2017/36
ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
3:01 AM
Rating: