ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މޫސުމީ ދަނޑުވެރިކަމަށް ދަނޑުބިން ލިބުނު ފަރާތްތަކުގެ ލިސްޓް އާންމުކުރުން

މިއަހަރު މޫސުމީ ދަނޑު ހެއްދުމަށް ދަނޑުބިމަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދަނޑު ލިބުނު ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ. ދަނޑުބިމުގެ އުޞޫލުގައިވާ ގޮތުގެމަތިން ދަނޑުބިންލިބޭނީ 68 ޕޮއިންޓުން ފެށިގެން މަތިލިބިފައިވާ ފަރާތްތަކަށެވެ. އެހެންނަމަވެސް ކައުންސިލްގެ 4ވަނަ ދައުރުގެ 1ވަނަ ކުއްލި ބައްދަލުވުމުން ބާކީ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިންކުރެ އެއްވެސް ފަރާތެއް ރަށުގައި ދިރިނޫޅޭނަމަ އެފަރާތްތައް އުނިކޮށް ބާކީ ހުރި ފަރާތްތަކަށް ރަށުގެ އެކިސަރަހައްދުން މޫސުމީ ދަނޑުބިން ދިނުމަށްވަނީ ނިންމަވާފައެވެ. އަދި ޝަރުތުހަމަވާ ފަރާތްތަކަށް އާއްމުކޮށް މޫސުމީ ދަނޑުބިން ދޫކުރާ ސަރަހައްދުން ދަނޑުބިން ދެވޭނެއެވެ.

ވީމާ، މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 16 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ދަނޑު ލިބުނު ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުނެގުން އޮންނާނެ ތާރީޚް ފަހުން އަންގާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.


މޫސުމީ ދަނޑުވެރިކަމަށް ދަނޑުބިން ލިބުނު ފަރާތްތަކުގެ ލިސްޓް އާންމުކުރުން މޫސުމީ ދަނޑުވެރިކަމަށް ދަނޑުބިން ލިބުނު ފަރާތްތަކުގެ ލިސްޓް އާންމުކުރުން Reviewed by ފައިނު ކައުންސިލް އިދާރާ on 10:27 PM Rating: 5

No comments:

Powered by Blogger.