skip to main |
skip to sidebar
ބަކަރި / ކުކުޅު ގެންގުޅުމަށް މި ރަށު ދަނޑުވެރިކަން ކުރާ ސަރަހައްދުން 2500 އަކަފޫޓްގެ 4 ބިން ދޫކުރުމަށް ހަމަޖެހިފައިވާތީ އެ ބިންތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޢުލާނާ އެކު މިވާ ޗާޓުގައިވާ ސަރަހައްދުންނެވެ. ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރި، މިއިން ކޮންމެ ފަރާތަކަށް ވެސް އެދި ހުށަހެޅުއްވޭނީ 1 ބިމަށެވެ. ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރުގެ މުއްދަތަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 24 ނޮވެންބަރު 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.
- ބީލަން ބަލައިގަތުން: 30 ނޮވެމްބަރު 2026 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
- ބީލަންތައް ހުޅުވުން: 30 ނޮވެންބަރު 2026 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ބަކަރި / ކުކުޅު ގެންގުޅުމަށް ބިން ދޫކުރުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:27 AM
Rating:
5
No comments: