skip to main |
skip to sidebar
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުވެސް ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ އަޙްމަދީމަގުން 60 (ފަސްދޮޅަސް) ދަނޑެވެ.
ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް މިކައުންސިލަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމް ހުށަހެޅުމުން އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ. އެސް.އެމް.އެސް ނުލިބޭނަމަ 9100652 އާއި ގުޅުއްވައިގެން ފޯމް ހުށަހެޅިފައިވާކަން ކަށަވަރުކުރަންވާނެއެވެ..
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
އޮންލައިން ޕޯޓަލް ލިންކް
މޫސުމީ ދަނޑުބިން ދޫކުރުމުގެ އުޞޫލު
މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by
އާމިނަތު ވަސީމާ
on
11:33 PM
Rating:
5
No comments: