Fainu Council

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޓާފު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޓާފު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 5 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް

ބީލަން ބަލައިގަތުން: 12 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން: 12 ނޮވެމްބަރ 2026 ވަނަ ދުވަހު 11:00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv  އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.


މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޓާފު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޓާފު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން Reviewed by އާމިނަތު ވަސީމާ on 1:44 AM Rating: 5

No comments:

Powered by Blogger.