ވަޒީފާގެ ފުރުސަތު - ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)
މަޤާމު: | ކައުންސިލް އެސިސްޓެންޓް |
މަޤާމުގެ ނަންބަރު: | - |
ބޭނުންވާ އަދަދު: | 1 (އެކެއް) |
މަޤާމުގެ ގިންތި: | ވަގުތީ (2 އަހަރު) |
މަޤާމުގެ ރޭންކު: | އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: | މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ |
މުސާރަ: | މަހަކު 7,700/-ރ. |
މަޤާމުގެ އެލަވަންސް: | މަހަކު 2,310/-ރ. |
ހާޒިރީ އެލަވަންސް: | ހާޒިރުވާ ދުވަހަކަށް 60/-ރ. |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފާ އާއި އިރުޝާދުގެމަތިން ކުރުން. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. ގަބުރުސްތާނު ގޯތިތެރެއާއި، ގޯއްޗާއި ގުޅިފައިވާ ބޭރު މަގާއި ގޯޅީގެ ½ (ގޯއްޗާއި ގާތްފަރާތް) ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. ކުރީގެ އަންހެނުންގެ މިސްކިތު ގޯތިތެރޭ ގޯއްޗާއި ގޯއްޗާއި ގުޅިފައވާ ބޭރު މަގާއި ގޯޅީގެ ½ ( ގޯއްޗާއި ގާތްފަރާތް ) ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. ފެންތާނގީތަކާއި ފެންތާނގީ ބެހެއްޓިފައި ހުރި ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. ފެންތާނގީތައް ހުރި ތަނުގެ ފުރާޅު މަދުވެގެން ހަފްތާއަކު 1 ފަހަރު ސާފުކުރުން މަގުބައްތިތައް ގަވައިދުން ދިއްލޭތޯ ބެލުމާއި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން މަގުތަކަށް ފަސް އެޅުމާއި ފަސްގަނޑު ލެވެލް ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން ކޭބަލް ވަޅުލުން ފަދަ ބޭނުންތަކަށް މަގުކޮންނަން ޖެހިއްޖެ ހިނދެއްގައި މަގުކޮނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން. އިރިގޭޝަން ސިސްޓަމް ގާއިމުކުރެވިފައިވާ ދަނޑުބިންތަކުގައި ހުރި ފެންހަންތަކާއި މޯޓަރުތައް މޮނިޓަރކޮށް ބެލެހެއްޓުން ފުޓްބޯޅަ ދަނޑުގެ ރެސްޓްރަމް އާއި ސިޑިބަރި ބެލެހެއްޓުން ރަށުގެ މަގުތަކުގައި އާއި ބަނދަރު މަތީ ގަވައިދާއި ހިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން އަންގާ ގޮތެއްގެމަތިން ނެގުމުގެ މަސައްކަތްކުރުން މިނޫންވެސް ރަށުގައި ގާއިމުކުރެވިފައި ހުންނަ ޕާކް، މައިޒާން ފަދަ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިނޫންވެސް މިފަދަ ތަންތަން ކައުންސިލުން އަންގާގޮތެއްގެމަތިން ސާފުކޮށް ބެލެހެއްޓުން އިދާރާގެ ކައުންސިލް އެސިސްޓެންޓުން ޗުއްޓީ، ސަލާމް ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތާއި ދުރުވާ ވަގުތެއްގައި އެކަމަށް މުވައްޒަފަކު ނެގެންދެން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ހަވާލުކުރެވޭ ކައުންސިލް އެސިސްޓެންޓްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުން ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުންރާވާ ހިންގާ އެކިއެކި ކަންކަމުގައި ވަޒީފާ ބަޔާނުގައި ހިމެނޭ އެހެން މަސައްކަތްތަކަށް ދަތިނުވާނޭގޮތުގެމަތިން މަސައްކަތުގައި ބައިވެރިވުން |
މަޤާމުގެ ޝަރުޠުތައް: |
|
މަޤާމުގެ ތަޢުލީމީ ރޮނގު - | |
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
| |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖޫން 2026 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@fainu.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
| މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ 15 ޖޫން 2026 އާއި 23 ޖޫން 2026 އާއި ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000311 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނީ info@fainu.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | |
ނަންބަރު: (IUL)311/311/2026/20
ގުޅުންހުރި ފައިލް: -
No comments: