ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ތިރީގައި އެވާ ބާވަތްތަކުގެ ގަސްކާނާ މިރަށު ބަނދަރާ ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

·               ގެރިގުއި (25 ކިލޯގެ)

·               އެން.ޕީ.ކޭ 20.20.20 (2 ކިލޯގެ ޕެކެޓް)

·               ޔާރާމިލާ 12.11.18 (50 ކިލޯގެ)

·               ޔޫރިއާ (1 ކިލޯގެ ޕެކެޓް)

·               ޕޮޓޭސިއަމް (1 ކިލޯގެ ޕެކެޓް)

·               ބާސް (ނަންބަރު 8)

 ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ.ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން ވެބްސައިޓް ނުވަތަ ގެޒެޓުން ފޯމް ނެންގެވުމަށްފަހު procurement@fainu.gov.mv  އަށް އީމެއިލް ފޮނުއްވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.  10 ނޮވެންބަރު 2025 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ބީލަން ބަލައިގަތުން. 17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 11:00 ގައި

ބީލަންތައް ހުޅުވުން. 17 ނޮވެންބަރު 2025 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. އަންދާޒީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.



ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 8:28 PM Rating: 5

No comments:

Powered by Blogger.