skip to main |
skip to sidebar
ރަށު ދުވަހާ ގުޅުވައިގެން، ފައިނުގެ ހިދުމަތްތެރީންނާއި މަސައްކަތްތެރީންނާއި އަދި ރަށަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން "ފައިނު އެވޯޑު" ގެ ނަމުގައި އެވޯޑެއް ތައާރަފު ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި އެވޯޑު އެރުވުމަށް ހަމަޖެހިފައިވަނީ ރަށު ދުވަހުގެ މުނާސަބަތުގައި 20 ޑިސެންބަރު 2025 ވަނަ ދުވަހު ބާއްވާ ހާއްސަ އެވޯޑު ހަފްލާގައެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ 5 ދާއިރާއަކުންނެވެ. އެއީ،
1. ޝަރަފްވެރިކަމުގެ އެވޯޑު
2. މަތީދަރަޖަ އެވޯޑު
3. ހިދުމަތުގެ އެވޯޑު
4. ފަހުރުވެރިކަމުގެ އެވޯޑު
5. ހާއްސަ ހިދުމަތުގެ އެވޯޑު
މީގެ ތެރެއިން ނަން ހުށަހެޅުމަށް އާންމުކޮށް ހުޅުވާލަން ހަމަޖެހިފައިވަނީ މަތީދަރަޖަ އެވޯޑަށެވެ. އެ ނޫން އެވޯޑުތައް ލިބޭ ފަރާތްތައް ހޮވާނީ މިކަމަށްޓަކައި އެކުލަވާލެވިފައިވާ ކޮމެޓީންނެވެ.
ވީމާ، މަތީދަރަޖަ އެވޯޑަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން މި އިއުލާނާ އެކު މިވާ ފޯމް ފުރިހަމަ ކުރުމަށްފަހު 12 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް އޮންލައިންކޮށް ވެސް ފުރިހަމަ ކުރެވޭނެއެވެ. މި އިއުލާނާ އެކު އެވޯޑު ދިނުމުގެ އުސޫލު ހިމެނިފައިވާނެއެވެ.
އޮންލައިން ލިންކް:
https://forms.gle/tjx5KiGAZD7k5xYcA
"ފައިނު އެވޯޑް 2025" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
10:12 PM
Rating:
5
No comments: