ފައިނުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފި
ފައިނުގައި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ފައިނު ސްކޫލްގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް އަރުވާފައެވެ.
އަދި ބަރުދަން އެންމެ ލުއިކުރި ތިން ފަރާތަށް ވަނީ ފައިސާގެ އިނާމް ދީފައެވެ. އެންމެ ބޮޑަށް ބަރުދަން ލުއިކޮށްފައިވަނީ އަމަން، ޢަބްދުއް ރަޝީދު ޙުސައިނެވެ.
ދެވަނަ ހޯދީ، އަސުރުމާގޭ ސޯބިރާ މުޙައްމަދެވެ. ތިންވަނަ ހޯދީ ހުވަނދުމާގޭ، ހައްވާ އާދަމް މަނިކެވެ.
މި ޕްެރޮގްރާމްގައި ބައިވެރިވި އެންމެ އުމުރުން ދުވަސްވީ މީހާއަށް ވެސް ވަނީ އިނާމް ހަވާލުކޮށްފައެވެ. އެންމެ އުމުރުން ދުވަސްވީ މީހަކަށް ހޮވުނީ އަމަން، ސަކީނާ ޢަލީމަނިކެވެ.
މި ޕްރޮގްރާމަކީ ފައިނު ކައުންސިލާއި ފައިނު ސިއްހީ މަރުކަޒު އަދި ފައިނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ޕްރޮގްރާމެކެވެ.
ފައިނުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފި
Reviewed by ފައިނު ކައުންސިލް އިދާރާ
on
7:36 AM
Rating:
Reviewed by ފައިނު ކައުންސިލް އިދާރާ
on
7:36 AM
Rating:

No comments: