ކައުންސިލްގެ 4 ވަނަ ދަޢުރުގެ 202 ވަނަ އާންމު ޖަލްސާގެ (PN/2025/45 ) ނިންމުން

 

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 117 ވަނަ އާއްމު ޖަލްސާއިން އާމްދާނީ ހޯދުމަށާއި ކައުންސިލުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރެއިން އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި ރަށްވެހިންގެ ރަޖިސްޓްރީވުމަށް އަގު ކަނޑައަޅާފައިވާތީ، ކައުންސިލްގެ 4 ވަނަ ދަޢުރުގެ 117 ވަނަ އާއްމު ޖަލްސާގެ ނިންމުމާއި އެއްގޮތަށް ތިރީގައިވާ ގޮތަށް "ނަން ބަދަލުކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ފީ ނެގުމުގެ އުޞޫލު" އަށް ފުރަތަމަ އިސްލާހް ގެނައުމަށް ނިންމުން.

2ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހްކުރުން

2. (ހ) އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދޭ ފޯމާއި ތިރީގައިވާ ފީ އާއިއެކު ހުށަހެޅުމުން އުފަން ދުވަހުގެ ސެޓްފިކެޓް ހައްދާ ދިނުން.

1. އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށް – 30ރ. (ތިރީސް) ރުފިޔާ

2. އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން އަލުން ހެއްދުމަށް – 30ރ. (ތިރީސް) ރުފިޔާ

3. އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމަށް – 30ރ. (ތިރީސް) ރުފިޔާ

(ށ) ރަށުގެ ރަށްވެއްސަކަށްވުމަށް އެދި ފޯމާއިއެކު ތިރީގައިވާ ފީ އާއިއެކު ހުށަހެޅުމުން ރަށުގެ ރަށްވެއްސަކަށް ބަދަލުކުރުން

1. އުފަންވާ ކުދިން ރަށްވެއްސަކަށް ވުމަށް – 30ރ. (ތިރީސް) ރުފިޔާ

2. އެހެން ރަށަކަށް ރަޖިސްޓްރީ ވެފައިވާ ފަރާތެއް ރަށުގެ ރަށްވެއްސަކަށްވުމަށް 50ރ. (ފަންސާސް) ރުފިޔާ


ކައުންސިލްގެ 4 ވަނަ ދަޢުރުގެ 202 ވަނަ އާންމު ޖަލްސާގެ (PN/2025/45 ) ނިންމުން ކައުންސިލްގެ 4 ވަނަ ދަޢުރުގެ 202 ވަނަ އާންމު ޖަލްސާގެ (PN/2025/45 ) ނިންމުން Reviewed by ފައިނު ކައުންސިލް އިދާރާ on 8:58 PM Rating: 5

No comments:

Powered by Blogger.