ކައުންސިލްގެ 4 ވަނަ ދަޢުރުގެ 196 ވަނަ އާންމު ޖަލްސާގެ (PN/2025/31) ނިންމުން

2006 ވަނަ އަހަރު ކުރީގެ އިންޖީނު ގޭގެ ދެކުނު ސަރަހައްދުން ޢަބްދުއްރައްޒާޤު ހުސައިން (އަމަން، ރ.ފައިނު) އަށް ދޫކުރި 4000 އަކަފޫޓްގެ ބަންޑާރަ ގޯތި ރަށު އޮފީހުގެ ބޭނުމަށް ނެގުމަށްފަހު ބަދަލުގެ ގޮތުގައި ދީފައިވާ ބަންޑާރަ ގޯތީ (ތޯއިފް،ރ.ފައިނު) ގެ މިން ހަމަކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން ކައުންސިލަށް ސިޓީ ހުށަހަޅާފައިވާތީ، އެކަން ކައުންސިލުން ބެލިބެލުމުން، އެ ފަރާތަށް ބަދަލުގެ ގޮތުގައި ދީފައިވާ ގޯތި (ތޯއިފު) މިނުގައި ހުރީ 3716 އަކަފޫޓް ކަމަށާއި، އެ ގޯތި އޮފީހުގެ ބޭނުމަށް ނަގާ ބަދަލުކުރި ގޯތީގައި ހުރި މިންތަކަށް އެ ފަރާތުން އެއްބަސްވެފައިވާކަން އެނގޭނެ ލިޔެކިޔުމެއް އިދާރާއިން ފެންނަން ނެތުމުންނާއި، މަގާގޯޅި ތެދުކުރުމުގައި ކައުންސިލުން ޢަމަލުކުރަމުންދާ ގޮތަށް ބަލާ ތޯއިފް ގެއާ އައްސޭރިގެ އަދި މީނާޒުގެއާ އުފަންވެލިގެއާ ދެމެދުވާ ގޯޅީގައި ހުންނަ މިންތަން ތަފާތުވުމުން އެ ގޯޅި މިނުގެ ގޮތުގައި 17 ފޫޓް ހަމަޖައްސާ އެ ގޯޅި ތެދުކުރުމުން، ތޯއިފް ގެއަށް 160 އަކަފޫޓް އިތުރުކޮށްދެވޭ ކަމަށާއި، ނަމަވެސް އެ އަދަދަށް އިތުރު ކުރުމުންވެސް ގޯއްޗަށް ހަމަކޮށްދެވެނީ ޖުމުލަ 3876 އަކަފޫޓް ކަމަށާއި، އެ ގޯޅި ތެދުކުރުމުން ތޯއިފް ގެއާ އިންވެގެން އޮންނަ އުފަންވެލިގެ (4000 އަކަފޫޓްގެ ގޯއްޗެއް) އަށްވެސް 4000 އަކަފޫޓް ހަމަވާ ކަމަށާއި،

އެ ގޯޅި ތެދުކުރުމުންވެސް ތޯއިފްގެ އަށް ޖުމުލަ 124 އަކަފޫޓް މަދުވި ނަމަވެސް އެ މަދުވާ އަކަފޫޓަށް ފައިސާ ދެވޭނެ އުޞޫލެއް ކަނޑައަޅާފައިނުވާނަމަ، ފައިސާގެ ބަދަލެއްވެސް ބޭނުންނުވާ ކަމަށާއި، އެފަދަ އުޞޫލެއް އޮތްނަމަ ފައިސާ ލިބޭނެ ގޮތްވުން އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ބުނެފައިވާތީއާއި، އަދި 4000 އަކަފޫޓްގެ ބަދަލުގައި ގޯޅި ތެދުކުރުމުން 160 އަކަފޫޓް ލިބުމުން ގޯތީގެ ބޮޑު މިނުގެ ގޮތުގައި މުޅި ޖުމުލަ 3876 އަކަފޫޓް ލިބުމުން އެކަށީގެންވާ ބަދަލެއް ލިބުނީކަމަށް އެ ފަރާތުން ޤަބޫލުކުރާތީއާއި

މީހަކަށް ދޫކޮށްފައިވާ ގޯއްޗެއް އޮފީހުގެ ބޭނުމަށް ނަގާ ނަމަ، އެ ގޯތީގެ ބަދަލުގައި އެކަށީގެންވާ ބަދަލެއް ދޭންވާނެ ކަމަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޤާނޫނީ ބޭފުޅުން އިރުޝާދު ދެއްވާފައިވާތީއާއި، އަދި މަގާގޯޅި ތެދުކުރުމުގައި ކައުންސިލުން ޢަމަލުކުރަމުންދާ ގޮތަށް ބަލާ ތޯއިފް ގެއާ އައްސޭރިގެ އަދި މީނާޒުގެއާ އުފަންވެލިގެއާ ދެމެދުވާ ގޯޅީގައި ހުންނަ މިންތަން ތަފާތުވުމުން އެ ގޯޅި އެއް މިނެއްގައި ހަމަޖެއްސުމުން، ތޯއިފުގެއަށާއި އުފަންވެލިގެއަށް އިތުރުވާ ބައިތައް އިތުރުކޮށް ދިނުމަށް ކައުންސިލަށް ލާފާދޭ ކޮމެޓީން ލަފާއަރުވާފައިވާތީ، އެ ގޯޅި ތެދުކުރުމަށް ގޯޅީގައި 17 ފޫޓް ބެހެއްޓުމަށާއި، އެ ބަދަލު ގެނައުމުން ތޯއިފް ގެއަށާއި އުފަންވެލި ގޯއްޗަށް އިތުރުވާ ބައިތަށް އިތުރުކުރުމަށް ނިންމުމަށާއި، އެ ގޮތަށް އިތުރުކުރުމުންވެސް ތޯއިފު ގެއަށް މިން ހަމަކުރުމަށް މަދުވާ 124 އަކަފޫޓަށް ބަދަލުގައި ފައިސާ ދިނުމުގެ އުޞޫލެއް މިހާތަނަށް ކަނޑައެޅިފައިނުވާތީ، ފައިސާގެ ބަދަލެއް ދޭން ނުފެންނަ ކަމަށް ނިންމުން.  

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 196 ވަނަ އާންމު ޖަލްސާގެ (PN/2025/31) ނިންމުން ކައުންސިލްގެ 4 ވަނަ ދަޢުރުގެ 196 ވަނަ އާންމު ޖަލްސާގެ (PN/2025/31) ނިންމުން Reviewed by ފައިނު ކައުންސިލް އިދާރާ on 10:45 PM Rating: 5

No comments:

Powered by Blogger.