ރައްޔިތުންގެ ރުއްގަސްތައް ކުއްޔަށް ޙަވާލުކުރުމާއިގުޅޭ
މިރަށު ރައްޔިތުންގެ ރުއްގަސްތައް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ހަމަވާތީ، 1ޖަނަވަރީ 2025 އިން 31 ޑިސެމްބަރ 2025ގެ ނިޔަލަށް ރައްޔިތުންގެ ރުއްގަސްތައް ކުއްޔަށް ޙަވާލުކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 16 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:30 ގައި މި އިދާރާގައެވެ. އަންދާސީ ހިސާބުތައް ބަލައިގަތުމުގެ ސުންގަޑިއަކީ 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށްށެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ މެންދުރު 13:30 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

No comments: