skip to main |
skip to sidebar
ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކުރުމުގެ ކޮންޓްރެކްޓްތަކުގެ މުއްދަތު 31 ޑިސެމްބަރ 2024ގެ ނިޔަލަށް ހަމަވާތީ، 01 ޖަނަވަރީ 2025 އިން 31 ޑިސެމްބަރ 2025ގެ ނިޔަލަށް މި ރަށުގެ ތިރީގައިވާ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1.ސާތިރުމަގު (ކުލަބްޔަންގްސްޓަރސް އިން ފެށިގެން އިރަށް)
2.ފިނިފެންމަގު (ރަޔުނިކް ގެއިން ފެށިގެން އިރަށް)
3.އަޙްމަދީ މަގު (ސިލްވަރގޭގެ ކައިރީ ހުޅަނގަށް އޮންނަ ސަރުކާރު ބިމުގެ އިރުމަތިފަޅިން އެއްބައި އަދި އެހިސާބުން ފެށިގެން ދެކުނަށް އަޙްމަދީމަގު)
4. ނިކަގަސް މަގު
5.ހިތްފަސޭހަ މަގު(ސަރުކާރު ބޭނުމަށް ބާއްވާފައިވާ ބިމުގެ އުތުރުފަޅިން އެއްބައި)
6.މިސްކިތްމަގު (ހިނަވާގެއިން ހުޅަނގަށް)
7.މާނެރުބީޗް
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
• މައުލޫމާތު ދިނުމުގެ ބައްދަލުވުން: 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13.00 ގައި ފައިނު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި
• ބީލަން ބަލައިގަތުން: 26 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.
• ބީލަން ހުޅުވުން: 26 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13.05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި.
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
12:53 AM
Rating:
5
No comments: