ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފައިނު ޔޫތު ސެންޓަރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ރ. ފައިނުގައި ޔޫތު ސެންޓަރެއް އިމާރާތް
ކުރުމަށް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޔޫތު ސެންޓަރެއް ޑިޒައިންކޮށް
އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް
ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް info@fainu.gov.mv އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް
ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ
ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ
ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި
ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި
މަރުހަލާތައް ދާނެގޮތުގެ ތާވަލު |
|
ބީލަން ހުށަހެޅުމަށް
ރަޖިސްޓްރީކުރުން. |
06 އޭޕްރިލް 2023 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް |
|
ބީލަމުގައި ބައިވެރިވުމަށް
100/-ރ. (އެއްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލައްވާނީ ރެޖިސްޓްރޭޝަން ފީ
ދެއްކުމުންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ފޮނުވޭނެއެވެ.
|
ބީލަން ބަލައިގަތުން. |
12 އޭޕްރިލް 2023 ދުވަހުގެ 11.00 ގެ ނިޔަލަށް. |
ބީލަންތައް ހުޅުވުން. |
12 އޭޕްރީލް 2023
ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި |
ބީލަން ހުޅުވުން
އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުށަހެޅުމަށް
ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް
ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު
ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ ނުވަތަ
އީމެއިލް info@fainu.gov.mv މެދުވެރިކޮށް
މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނަންބަރު: (IUL)311/311/2023/40
ގުޅުންހުރި ފައިލް: ބިޑް ރަޖިސްޓްރޭޝަން ފޯމް

No comments: