ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by އިބްރާހީމް ފަހީމް on 1:07 AM Rating: 5

No comments:

Powered by Blogger.