ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 07 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 7:35 PM Rating: 5

No comments:

Powered by Blogger.