ޞަފްޙާތައް

ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު ދަނޑުވެރިންނަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1100 ބަސްތާ ގެރިގުއި
160 ޕެކެޓް އެން.ޕީ.ކޭ 20:20:20
230 ޕެކެޓް ބާސް
135 ޕެކެޓް ޔޫރިޔާ
600 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
210 ކިލޯ ޕޮޓޭސިއަމް
65 ފުޅި އެބަމެކްޓިން

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 03 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 10:31 AM Rating: 5

No comments:

Powered by Blogger.