skip to main |
skip to sidebar
މި ކައުންސިލުން ރަށުގެ ލޮބުވެތި ރައްޔިތުންނަށް ބާއްވާ ބައްދަލުވުމެއް 25 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ދަތުރުވެރިންގެ ހިޔާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމުގައި ދެޖިންސްގެ ވީހާވެސްގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ރަށުން ބޭރުގައި ތިއްބެވި ރަށުގެ ރައްޔިތުންނަށް މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ލިންކް ކައުންސިލުން ކޮމިއުނިޓީ ވައިބަރ ގުރޫޕްގައި ހިއްސާ ކުރެވޭނެއެވެ.
މިޖަލްސާގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
1. ރަށުގައި މޫދަށް އެރޭ ސަރަހައްދެއް ޤާއިމުކުރުމަށް ލިބިފައިވާ ކޮންސެޕްޓަށް ރައްޔިތުންގެ ހިޔާލު ހޯދުން
2. ރައްޔިތުންގެ އިންޖީނުގެ ހިންގި އިމާރާތުގެ ބަދަލުގެ މައްސަލައިގައި މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުން
3. ކައުންސިލްގެ އާމްދަނީން ހޯދާފައިވާ ޕިކަޕް ވިއްކާލުމާ ގުޅޭގޮތުން ހިޔާލު ހޯދުން
ރައްޔިތުންނާ ބައްދަލު ކުރުމުގެ ޖަލްސާގެ ދައުވަތު
Reviewed by
ފައިނު ކައުންސިލް އިދާރާ
on
9:52 AM
Rating:
5
No comments: