Fainu Council

ކައުންސިލްގެ 5 ވަނަ ދަޢުރުގެ 2 ވަނަ އާއްމު ޖަލްސާގެ (PN/2026/17 ) ނިންމުން

 

ކައުންސިލް މެންބަރުންގެ މަސްޢޫލިއްޔަތުގެ ގޮތުގައި ތިރީގައި މިވާ މަސްޢޫލިއްޔަތުތައް ކަނޑައެޅުމަށް ނިންމުން.

ކައުންސިލްގެ ރައީސް މުޙައްމަދު ސަމީރު

  1. ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ޝާއިޢުކުރުމާއި ތަންފީޛުކުރުން؛
  2. ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛
  3. ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛
  4. ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން؛
  5. ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛
  6. ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
  7. ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛
  8. ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛
  9. ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
  10. ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛
  11. ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި
  12. ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.
  13. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިދާރީ ކަންކަން އިމްތިޒާމުކޮށްދިނުން.
  14. ގާނޫނާއި އެއްގޮތްވާގޮތުގެމަތިން ބިމާއިބެހޭ އެންމެހާ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން
  15. ކުއްލި ނުރައްކަލުގެ ހަލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނޭ ނިޒާމެއް ގާއިމުކުރުމާއި އެފަދަ ކަންކަން ރާވާ ހިންގުން.
  16. އަތޮޅު ކައުންސިލްގެ މެންބަރެއްގެ ގޮތުން އަތޮޅު ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުމާއި، އަތޮޅު ކައުންސިލްގެ ރައީސްގެ ލަފާގެ މަތިން އަތޮޅު ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  17. ޢިޖްތިމާޢީ އިޤްތިޞާދީ ބޭނުމަށް ހޯދޭ ފަޅާއި،ފަރާއި ބިންބިމާއި ތަންތަން ހޯދުމާއި މިލްކް ކުރުމުގެ ކަންކަން ރާވާ ހިންގުން.
  18. ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
  19. ރަށުގައި ހިންގާ އެކއެކި ތަރައްޤީގެ މަޝްރޫޢުތައް/ ޕްރޮޖެކްޓްތައް ހިގާނުހިގާގޮތް ބެލުމާއި އެކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވަމުންގެންދޭތޯ ބެލުން.
  20. ރަށުގެ ތަރައްޤީގެ ޕްލޭން،ފައިނޭސިއަލް ޕްލޭން އަދި ލޭންޑްޔޫސް ޕްލޭންގެ ކަންކަން ރާވާހިންގުމާއި އެކަމުގެ ރިޕޯޓްތައް ތައްޔާރުކުރުމުގެ ކަންކަން ރާވާ ހިންގުން.
  21. ރަށުގެ ތަރައްޤީއަށް ރަށަށްބޭނުންވާ އެކިއެކި ޕްރޮޖެކްޓްތަކާއި،ޕްލޭންތައް އެދާއިރާއެއްގެ ކައުންސިލަރެއްގެ އެހީތެރިކަމާއިއެކު ރާވާ ހިންގުން
  22. ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި އިންވެސްޓްމަންޓްތައް ހޯދުމާއިއެކު އެކަންކަން ރާވާ ހިންގުން.

 

ކައުންސިލްގެ ނާއިބުރައީސް ޢަބްދުއްރައޫފް ޢަބްދުއްރަޙްމާން

  1. ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.
  2. ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ   ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު  ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބު ރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އަދާކުރަންވާނެއެވެ.
  3. ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  4. ކައުންސިލްގެ މާލިއްޔަތާއި، އުފުލޭ އަދި ނުއުފުލޭ މުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތްކުރުމާއިއެކު އެކަންކަން ހިނގާގޮތް ބެލުން.
  5. ކައުންސިލުންދޭ ޙިދުމަތްތަކަށް ފީނެގުމައި ފީ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  6. އިދާރާގެ ހިންގުމަށް ބޭނުންވާ މުވަޒަފުން ހޯދުމާއި، އިދާރީ ހިންގުމަށް ބޭނުންވާ އެންމެހާ ތަކެތީގެ ކަންކަން ބެލެހެއްޓުން
  7. އިދާރީ މުވަޒަފުންގެ އެންމެހާ ކަންކަން ވިލަރެސްކުރުން
  8. އެކިއެކި ފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި، ބާތިލްކުރުން އަދިރަޖީސްޓްރީގެ އެންމެހާ ކުރިޔަށްދާގޮތް ބަލައި އެކަންކަން ރާވާ ހިންގުން.
  9. ކައުންސިލުން ދޭ ހިދުމަތްތަކާއި ތަކެތީގެ ކޮލިޓީ ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން.
  10. ބަނދަރާއި، އެއްގަމުތޮށި އަދި ކަނޑުތޮށި މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގުން
  11. ފާލަމާއި ފެރީ ޓާރމިނަލް ފަދަ ތަންތަން ބެލެހެއްޓޭނެ ނިޒާމްތައް ޤާއިމްކުރުމުގެ ކަންކަން ރާވާހިންގުން
  12. ރަށުގައި ހިންގަމުންދާ އިމާރާތްކުރުމުގެ އެންމެހާ ކަންކަން ހިނގާ ނުހިނގާގޮތް ބެލުން.
  13. ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން؛ އަދި ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.'
  14. ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛
  15. ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛
  16. ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛
  17. ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛
  18. ރަށުގައި ހިންގާ އެކިއެކި ޕްރޮޖެކްތައް އިވެލުވޭޓްކުރުމާއި މޮނިޓަރ ކުރުން.
  19. ކައުންސިލުން ކުރާ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރުން.
  20. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުލަބް ޖަމްޢިއްޔާތަކާއި ކޮމިޓީތަކުގެ ދައުރު ފުޅާކޮށް އެފަރާތްތައް ބެލެހެއްޓުމާއި އެފަދަ ކަންކަން ރާވާ ހިންގުން

 

  1. ދީނީ އެކިއެކި ޕްރޮގްރާމްތަކާއި މިސްކިތްތަކާއި،ގަބުރުސްތާނު ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
  2. ޝަޤާފީ ކަންކަން ދިރުވަ އާލާކުރުމުގެ ކަންކަން ރާވާ ހިންގުން.
  3. އެކިއެކި ދުވަސްތައްފާހަގަކުރުމާއި މުބާރާތްތައް ރާވާ ހިންގުން.
  4. މަގު ހެދުމައި މަގު މަރާމާތު ކުރުމާއި އެފަދަ ކަންކަން ރާވާ ހިންގުން.
  5. ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ އާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން.
  6. ރޭގަނޑު މަގުމަތި ދިއްލުމާއިބެހޭ އެންމެހާ ކަންކަން ހިނގާ ނުހިގާގޮތް ބަލައި އެފަދަ ކަންކަން ރާވާ ހިންގުން.

 

ކައުންސިލަރ އާމިނަތު ސިޒުނާ

  1. ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛
  2. ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛
  3. ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛
  4. ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛
  5. ޕްރީ ސްކޫލްގެ ހިދުމަތްދިނުމުގެ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީފެންވަރުމަތިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން
  6. ރަށުގެ ލައިބުރަރީ ހިންގުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުތައް ހޯދާ އެކަންކަން ރާވާ ހިންގުން.
  7. ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ޕްރައިމަރީ ހެލްތްކެއާއާއި ޞިއްޙީ ރައްކާތެރިކަމާއިގުޅޭ އަސާސީ ޚިދުމަތް ދިނުން
  8. ޢިޖްތިމާޢީ ރައްކާތެރިކަމުގެ ވިޔުގަ ބެލެހެއްޓުމާއި،އެފަދަ ހިދުމަތްދޭނޭ މަރުކަޒެއް ޤާއިމުކުރުން
  9. ގޭތެރޭގެ އަނިޔާ ހުއްޓުވުމާއި، އަނިޔާ ލިބޭފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވުމާ އެކަންކަން ރާވާ ހިންގުން.
  10. މުސްކުޅީންނާއި ޙާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެމީހުން ބެލެހެއްޓޭނޭ ނިޒާމެއް ޤާއިމް ކުރުމާއި އެކަންކަން ރާވާ ހިންގުން
  11. ފިހާރަ،ރެސްޓޯރަންޓް،ހޮޓާ،ގެސްޓްހައުސް އަދި އާއްމު މާރުކޭޓްތަކާއި މިނޫންވެސް ވިޔަފާރިއާއި ޢާއްމު ޙިދުމަތްދޭތަންތަންބަލާ ފާސްކުރުމާއި އިސްލާހީ ފިޔަވަޅު އެޅުން
  12. އިޖުތިމާއީ ސަރަޚައްދު ކުނިކެހުމާއި މަގުމަތި ރީތިކޮށް ކުނިކަހާތޯބަލައި އެކަންކަން ކުރެވޭނެގޮތްތަށް އިންތިޒާމްކޮށް ބެލެހެއްޓުން.
  13. އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ބަލައި ކަނބަލުންނަށް ފަހި ފުރުސަތުތައް ހޯދުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން
  14. ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛
  15. މަގުމަތީގައިމީހުން ހިގާބިނގާވެ އުޅުމާއި ތަކެތި ބެހެއްޓުމާއި،އިންޖީނުލީ އަދި އިންޖީނު ނުލާ ތަކެއްޗާއި ގުޅޭ ކަންކަން ބަލުން
  16. މަދިރި އުފެދޭތަންތަން ބަލާ އެފަދަތަންތަން ނައްތާލުމާއި، ޕެސްޓް ކޮންޓްރޯލްކުރުމުގެ ކަންކަން ރާވާ ހިންގުން.
  17. ކުނިނައްތާލާނޭ ހަރުދަނާ އުސޫލެއްކަނޑައެޅުމާއި ކުނިނައްތާލުމުގެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
  18. ރަށްވެހީންނާއި ރަށްވެހިނުވެ ދިރިއުޅޭ ފަރާތްތަކާއި ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ ކަންކަން ރާވާ ހިންގުން.
  19. ރަށްގިރުން ހުއްޓުވުމަށް ފިޔަވަޅު އެޅުން
  20. އަދި ރަށުގެ އާސާރީ ތަންތަން ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގުން.
  21. ކުޅިވަރުކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި އެހީތެރިވުމާއި އެފަދަ ތަންތަން ބެލެހެއްޓުން
  22. ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން؛ އަދި ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
ކައުންސިލްގެ 5 ވަނަ ދަޢުރުގެ 2 ވަނަ އާއްމު ޖަލްސާގެ (PN/2026/17 ) ނިންމުން ކައުންސިލްގެ 5 ވަނަ ދަޢުރުގެ 2 ވަނަ އާއްމު ޖަލްސާގެ (PN/2026/17 ) ނިންމުން Reviewed by ފައިނު ކައުންސިލް އިދާރާ on 1:40 AM Rating: 5

No comments:

Powered by Blogger.