ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ރަށުގެ ބައެއް
ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި (IUL)311/311/2026/17 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން
އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ އަލުން އެ ފުރުސަތު
ހުޅުވާލަމެމެވެ.
މި މަސައްކަތުގެ ތެރެއިން
ކުރަންޖެހޭ މަސައްކަތަކީ، މި ރަށު ކުރީގެ އިންޖީނުގޭ ހިމެނޭ ގޯތީގެ އިރުމަތި،
ހުޅަނގު، އަދި ދެކުނު ފަރާތް، ހިތްފަސޭހަ ގޭގެ އުތުރުން އޮތް ދެ ހުސްބިމުގެ
މަގާވީފަޅި އަދި މީގެ އިތުރުން ސްކޫލްގެ ދެކުނުން އޮތް ހުސްބިމުގެ ހުޅަނގު ގޯޅި
ނޮޅައި ކުނިކެހޭވަރަށް ސާފުކޮށް ކުނިތައް ކުނިކޮއްޓަށް އަމިއްލަ ހަރަދުގައި ގެންދިޔުމެވެ.
އެހެންކަމުން، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މެއި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަންގައި މި މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ހިމެނިފައި އޮންނަންވާނެއެވެ. އަދި މިކަމަށް އެދި ހުށަހެޅުއްވޭނީ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9100652 ނުވަތަ 4000311 އާ ގުޅުއްވުން އެދެމެވެ.
No comments: