1447 އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ފިޠުރުޒަކާތުގެ ފައިސާ ބަހަމުން އައިސްފައިވަނީ އެ ރަށަކުން ލިބޭ ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނާއި މިސްކީނުންނަށެވެ. މިގޮތަށް ފިޠުރުޒަކާތް ބެހުމުން އެކި ރަށްރަށުގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނާއި މިސްކީނުންނަށް ފިޠުރުޒަކާތް ލިބުމުގައި ހުންނަ ބޮޑެތި ފަރަގުތައް ނައްތާލުމަށްޓަކައި، 1447 ވަނަ އަހަރުން ފެށިގެން ފިޠުރުޒަކާތް މުޅި ރާއްޖޭގެ އެންމެހައި ފަޤީރުންނާއި މިސްކީނުންގެ މެދުގައި ހަމަހަމަކަމާއިއެކު ބެހުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ނިންމާފައެވެ. އެގޮތުން ހުރިހާ ރަށަކުން ބަލައިގަނެވޭ ފިޠުރުޒަކާތުގެ ފައިސާ ޒަކާތު ހައުސްއަށް ގެނައުމަށްފަހު، އެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ޖަމާކުރާނީ ޒަކާތު ހައުސްއިން ކަމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތް:

1. މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި މިކައުންސިލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. އަދި ކައުންސިލްގެ އެކައުންޓަށް ޓްރާސްފާ ކުރާގޮތަށް ފިޠުރު ޒަކާތް ބަލައިގަތުމަކީ މޯލްޑިވުސް ޒަކާތު ހައުސްއިން ހުއްދަދެއްވާފައިވާ ކަމެއް ނޫންކަމުގައި ދެންނެވީމެވެ. ހަމައެކަނި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށްކަމުގައި ދެންނެވީމެވެ.

2. ފިޠުރުޒަކާތް ބަލައިގަންނާނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މި މިނިސްޓްރީއިން ޢާއްމުކުރާ ރޭޓުތަކުންނެވެ.

3. މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1447 (02 މާރޗް 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 ރަމަޟާން 1447 (2026 މާރޗް 16) ވާ ހޯމަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ދެންނެވީމެވެ.)

4. އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ ތިރީގައިއެވާ މުއައްސަސާތަކުންނެވެ. އަދި ޕޯޓަލްތަކުގެ ލިންކާއި ކިއުއާރު ކޯޑުތައް ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް (https://zakathouse.gov.mv/) ގައި ޢާއްމުކޮށް ފެންނަށް ހުންނާނެއެވެ.

ފިޠުރުޒަކާތް ބެހުން:

ފިޠުރުޒަކާތުގެ ފައިސާ (ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިން ޕްލެޓްފޯމްތަކުން ބަލައިގަނެވޭ ފިޠުރުޒަކާތުގެ ފައިސާ) ބަހާނީ، 01 ރަމަޟާން 1447 އާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންނެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.


1447 އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ 1447 އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 12:05 AM Rating: 5

No comments:

Powered by Blogger.