ރަށުގެ މަގުތަކުގައި ގަސް އިންދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުން - 2

ވެށިފަހި ފައިނު ޕުރޮގުރާމް ގެ ދަށުން ރަށުގެ މަގުތަކުގައި ގަސް އިންދުމުގެ އުޞޫލުގެ ދަށުން ގަސް އިންދަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލަމެވެ. މިއުޞޫލުގެ ދަށުން ކޮންމެ ގޯއްޗެއްގެވެސް ވެރިފަރާތަށް އެ ގޯއްޗާއި އިންވެގެން އޮންނަ މަގުގައި ގަސް އިންދުމުގެ ހުއްދަ ދެވޭނެއެވެ. އަދި މަގުގައި ޖާގަ އޮތް މިންވަރެއް ބަލާ މުއައްސަސާތަކަށްވެސް ގަސް އިންދުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.

ފުރަތަމަ މަރުހަލާގައި ކޮންމެ ގެއަކަށް/މުއައްސަސާއަކަށް ވެސް ހުއްދަ ދެވޭނީ 1 (އެކެއް) މޭވާ އަޅާ ގަސް ނުވަތަ ޒީނަތްތެރިކުރުމުގެ ގޮތުން ހެއްދިދާނެ 1 (އެކެއް) ގަސް އިންދުމަށެވެ. މިގޮތުން ކާމަރަނގަ، ފެންފޯއް، ފޭރު، ޖަނބުރޯލު، ސަބުދެލި، އެވޮކާޑޯ، އަނބުޅަ، އަތަ، ދަނބުގަސް، ތީނި ގަސް، ލޯންގަން، މާ އަޅާ (ހިޔާދޭ، ކަށި ނުހުންނަ) ގަސް އަދި މީގެ އިތުރުން ކައުންސިލުން ހުއްދަދޭ ގަހުގެ ބާވަތްތައް އިންދިދާނެއެވެ.

ގަސް އިންދުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 12 ފެބުރުވަރީ 2025 ގެ ނިޔަލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ފުރުމާއިގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 7515969 އާއި ގުޅުއްވުން އެދެމެވެ.


ރަށުގެ މަގުތަކުގައި ގަސް އިންދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުން - 2 ރަށުގެ މަގުތަކުގައި ގަސް އިންދުމަށް އެދުމުގެ ފުރުސަތު ހުޅުވާލުން - 2 Reviewed by ފައިނު ކައުންސިލް އިދާރާ on 12:04 AM Rating: 5

No comments:

Powered by Blogger.