ދައުލަތުން ބްލޮކް ގްރާންޓެއްގެ ގޮތުގައި މި ކައުންސިލަށް ދެއްވި 7,340,059.10ރ (ހަތްމިލިއަން ތިންލައްކަ ސާޅިސްހާސް ފަންސާސްނުވަ ރުފިޔާ ދިހަލާރި)، އަދި ދައުލަތުން ބްލޮކް ގްރާންޓެއްގެ ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކާތްތަކަށް ކަނޑައެޅި 386,318.90ރ (ތިންލައްކަ އަށްޑިހަހަހާސް ތިންސަތޭކަ އަށާރަރުފިޔާ ނުވަދިހަލާރި)، 2026 ވަނަ އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާ ކުރި 2,854,000.00 (ދެ މިލިއަން އަށްލައްކަ ފަންސާސް ހަތަރުހާސް ރުފިޔާ) ގެ ތެރެއިން 5% އަށްވުރެ ކުޑަނުވާ އަދަދެއް 2027 ވަނަ އަހަރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ރިޒާވްކޮށް، ފާއިތުވި އަހަރުތަކުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ ހިމެނޭނެހެން 2,536,700.00ރ (ދެ މިލިއަން ފަސް ލައްކަ ތިރީސްހަހާސް ހަތްސަތޭކަރުފިޔާ)، 3ވަނަ ފަރާތުގެ ފައިސާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރެވިފައިވާ2,450,000.00 (ދެމިލިއަން ހަތަރުލައްކަ ފަންސާސްހާސްރުފިޔާ) އިން ހަރަދުވާނެކަމަށް އަންދާޒާކުރެވޭ 2،450،000.00ރ (ދެމިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީގެ ހަރަކާތްތަކުން ލިބޭނޭކަމަށް ލަފާކުރާ 986,318.90ރ. (ނުވަލައްކަ އަށްޑިހަހަހާސް ތިންސަތޭކަ އަށާރަރުފިޔާ ނުވަދިހަލާރި) އިން ކޮމެޓީގެ ހަރަކަތްތަކަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ 836،000.00 (އަށްލައްކަ ތިރީސްހަހާސް ރުފިޔާ)، އަދި ޕަބްލިކް އެކައުންޓްސް ފަންޑް 50,000.00ރ (ފަންސާސްހާސް ރުފިޔާ) ހިމެނޭހެން މުޅިޖުމުލަ 13,212,759.10ރ (ތޭރަ މިލިއަން ދެލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސްނުވަރުފިޔާ ދިހަލާރި) 2026ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓްގެ ގޮތުގައި ކަނޑައެޅުމަށް ފާސްކުރުން.
ކައުންސިލްގެ 4 ވަނަ ދަޢުރުގެ 224 ވަނަ އާއްމު ޖަލްސާގެ ނިންމުން -2026-1
Reviewed by
ފައިނު ކައުންސިލް އިދާރާ
on
10:46 PM
Rating:
5
No comments: