އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތަރައްގީކުރާ އިމާރާތް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ރަށުގެ ކަނބަލުންގެ ނަމުގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި އިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެނެވެ. އެގޮތުން މި އިއުލާނާ ގުޅިގެން މަސައްކަތް ހަވާލު ކުރެވޭނީ ފުރަތަމަ ފޭސްގެ މަސައްކަތްތަކެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވުން އެދެމެވެ. ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމިކަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
• ބީލަން ބަލައިގަތުން: 26 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
• ބީލަންތައް ހުޅުވުން: 26 ނޮވެމްބަރ 2025 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތަރައްގީކުރާ އިމާރާތް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތަރައްގީކުރާ އިމާރާތް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 1:05 AM Rating: 5

No comments:

Powered by Blogger.