skip to main |
skip to sidebar
ރަށު ދުވަހާ ގުޅުވައިގެން، ފައިނުގެ ހިދުމަތްތެރީންނާއި މަސައްކަތްތެރީންނާއި އަދި ރަށަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން "ފައިނު އެވޯޑު" ހަފުލާ އިވެންޓްގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ހަމަޖައްސާދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވުން އެދެމެވެ. ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމިކަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 13 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
ބީލަން ބަލައިގަތުން: 20 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
ބީލަންތައް ހުޅުވުން: 20 ނޮވެމްބަރ 2025 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
"ފައިނު އެވޯޑް" ހަފުލާގެ އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
8:12 AM
Rating:
5
No comments: