ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގެ ދަޢުވަތު

ކައުންސިލުން ރަށުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެއް 26 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ދަތުރުވެރިންގެ ހިޔާގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

ވީމާ، މި ބައްދަލުވުމުގައި ރަށުގެ ދެ ޖިންސުގެ ވީހާވެސްގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ޖަލްސާގެ އެޖެންޑާ:
1. މޫސުމީ ދަނޑު ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން
2. އިޖުތިމާއީ ފެންހަންތައްހުރި ސަރަހައްދު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން
3. ސަރުކާރުން މި ރަށުގައި ގާއިމުކުރަން ނިންމަވާފައިވާ ޕާކު އަޅާނެ ސަރަހައްދަކާ މެދު މަޝްވަރާކުރުން
4. ކައުންސިލްގެ އާމްދަނީން ގޭބިސީތަކަށް ފެން ފިލްޓަރު ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުން


ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގެ ދަޢުވަތު ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގެ ދަޢުވަތު Reviewed by ފައިނު ކައުންސިލް އިދާރާ on 11:50 PM Rating: 5

No comments:

Powered by Blogger.