ފައިނުގަައި ގާއިމުކުރި ބީއެމްއެލް އޭޓީއެމް އިފްތިތާހުކޮށްފި

ރާއްޖޭގެ ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ފައިނުގައި ގާއިމުކުރި އޭޓީއެމް އިފްތިތާހުކޮށްފިއެވެ.

އޭޓީއެމް އިފްތިތާހު ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމް އިފްތިތާހު ކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް އަދި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ. މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކައިގައި ވަނީ، އިހުޒަމާނުގައި އަތޮޅުތެރޭގެ ރަށްރަށުގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ކަންކަން ކުރިއަށްދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ހިދުމަތެއް ފެށިގެން ދިޔުން ވެގެންދާނީ ރަށްރަށުގެ ރައްޔިތުންނަށް ހާއްސަކޮށް އިސްރަށްވެހިންނަށް ވެސް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭޓީއެމް ހުޅުވުމުގެ މަސައްކަތަށް ކައުންސިލުންވެސް ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން ކުރު މުއްދަތެއްގައި ތަނުގެ ވަށައިގެން ފާރުރާނާ ޒީނަތްތެރިކޮށް ނިންމާލުން ފާހަގަކުރެވެއެވެ.

ފައިނުގަައި ގާއިމުކުރި ބީއެމްއެލް އޭޓީއެމް އިފްތިތާހުކޮށްފި ފައިނުގަައި ގާއިމުކުރި ބީއެމްއެލް އޭޓީއެމް އިފްތިތާހުކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 9:15 PM Rating: 5

No comments:

Powered by Blogger.