skip to main |
skip to sidebar
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި އުސޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން އުފައްދާފައިވާ ކައުންސިލަށް ލަފާދޭ ކޮމިޓީއަށް އާންމު ރައްޔިތުންގެ ފަރާތުން އައްޔަނުކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
އާންމުންގެ ތެރެއިން އައްޔަނުކުރެވޭ މެންބަރުކަމަށް އައްޔަންކުރެވޭނީ ކައުންސިލް މެންބަރަކާ އާއިލީގޮތުން ގުޅުމެއް ނެތް ފަރާތެކެވެ. އާއިލީގޮތުން ގުޅިފައިވާ މީހެއްކަމުގައި ބަލާނީ މަންމަ،ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހުންނެވެ. މެންބަރު އަށްޔަންކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 1 ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ އެޕްލިކޭޝަންތަކަށް ބަލާ ކައުންސިލުން ކަނޑައަޅާ ފަރާތެއް އައްޔަންކުރުމަށެވެ. މިގޮތުން އަށްޔަންކުރެވޭ މެންބަރަކީ ވަކި އުޖޫރައެއް ދޭގޮތަކަށް ހަމަޖެހިފައިވާ މެންބަރެއް ނޫނެވެ.
ވީމާ، ކައުންސިލަށް ލަފާދޭ ކޮމިޓީގައި އާންމު ރައްޔިތުންގެ ތެރެއިން ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު
Reviewed by
ފައިނު ކައުންސިލް އިދާރާ
on
2:26 AM
Rating:
5
No comments: