ކައުންސިލްގެ 4 ވަނަ ދަޢުރުގެ 169 ވަނަ އާއްމު ޖަލްސާގެ (PN/2024/59) ނިންމުން
ރ.ވަންދޫ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ފެސިލިޓީއަށް ކުނި ގެންދިޔުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާފައިވާ އަގުތައް ރަނގަޅު ކަމަށާއި، އަހަރަކު ދެ ދަތުރު ކުރުމަށް ފެންނަ ކަމަށާއި، އެހެންނަމަވެސް އެއްބަސްވުމަށް އައުކުރާއިރު، އަހަރެއްގެ ތެރޭގައި ކުރުމަށް އެއްބަސްވެވޭ އަދަދަށް ދަތުރު ނުކުރެވޭ ހާލަތުގައި ޢަމަލުކުރާނެ ގޮތަކާއި، ކުނިކޮށީގައި ހުންނަ ކުނީގެ ބާވަތްތަކުގެ ތެރެއިން ރ.ވަންދޫއަށް ނުގެންދެވޭފަދަ ކުނި (ގައު، ބޮޑެތި ލަކުޑި) ކައުންސިލުން އަންގާގޮތެއްގެ މަތިން ނައްތާލަ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަދި ކުނި ނެގުމަށް ރަށަށް އަންނަ ދަތުރެއްގައި ދެ ފަރާތުން އެއްބަސްވެވޭ ސީ.އެސް.އާރު ކަންކަން ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން އެއްބަސްވުމަށް ގެނައުމާގުޅޭގޮތުން ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ މަޝްވަރާ ހޯދަން ފެންނަ ކަމަށް ނިންމުން.
No comments: