ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

2025 ވަނަ އަހަރަށް ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު އިމާމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތްތައް ހޯދުން

މިރަށު ހުކުރު މިސްކިތުގެ އިމާމު އަދި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމުކަމާއި މަސައްކަތު މީހުންގެ މަޝްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. އިމާމު / މުދިމްކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް ތިރީގައިވާ ގޮތަށެވެ.

ވީމާ، މިކަމަށް އެދޭފަރާތްތަކުން 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

1- އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް( 61/- ރުފިޔާ

2- މުދިމު ސަނަދު ނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް ( 53/- ރުފިޔާ

3- މަސައްކަތު 45/- ރުފިޔާ


2025 ވަނަ އަހަރަށް ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު އިމާމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތްތައް ހޯދުން 2025 ވަނަ އަހަރަށް ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު އިމާމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތްތައް ހޯދުން Reviewed by ފައިނު ކައުންސިލް އިދާރާ on 8:29 PM Rating: 5

No comments:

Powered by Blogger.