ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުވެސް ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ އަޙުމަދީމަގުން 60 (ފަސްދޮޅަސް) ދަނޑެވެ.

ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 19 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅޭނެއެވެ..

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.


މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން Reviewed by އާމިނަތު ވަސީމާ on 12:59 AM Rating: 5

No comments:

Powered by Blogger.