ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފައިނު ކައުންސިލުން ތަރައްގީކުރި ހިތްގައިމު "މާނެރު ބީޗް" ހުޅުވައިފި

ދަތުރު ދިޔުމަށް ހާއްސަ ކޮށްގެން ފައިނު ކައުންސިލުން ތަރައްގީކުރި "މާނެރު ބީޗް" ހުޅުވައިފިއެވެ.

ފައިނުގެ އިރުދެކުނު ފަޅީގައި ތަރައްގީކުރި މި ޕިކްނިކް ބީޗް ހުޅުވާފައިވަނީ މިއަދު އެ ސަރަހައްދުގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަފްލާގައި ހުރިހާ ރައްޔިތުންނަށް ހާއްސަކޮށްގެން ކައުންސިލުންވަނީ ހަވީރުގެ ސައެއް އަރުވާފައެވެ. ޕިކްނިކް ބީޗް ހުޅުވައިދިނީ، ފައިނު ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނެވެ.

އެތަނަކީ މީގެ ކުރިން ވެސް ޕިކްނިކް ދިޔުމަށް ފައިނުގައި އާންމުކޮށް ބޭނުންކުރާ ސަރަހައްދެކެވެ. ނަމަވެސް، ވަސީލަތްތައް ގާއިމްކޮށް މިފަދަ ތަނެއް ތަރައްގީކުރި މިއީ ފުރަތަމަ ފަހަރެވެ. "މާނެރު ބީޗް" ގައި ވަނީ ބާބެކިއު ހެދުމަށް ހާއްސަ ދެ ތަނާއި، ހަޓްތަކާއި މޭޒުތައް، އަޅޯ އަދި ގިނަ އަދަދެއްގެ އުނދޯލި ހިމެނޭހެން ތަރައްގީ ކޮށްފައެވެ. އަދި ތަނުގައި ފެންވެރޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި ބީޗްގެ ތަރައްގީ ކުރުމަށް ކޮށްފައިވާ މައިގަނޑު ހުރިހާ މަސައްކަތެއްހެން ކޮށްފައިވަނީ ކައުންސިލްގެ މުވައްޒަފުންނާއި އަމިއްލަ ބައެއް ފަރާތްތަކާއި ރަށުގެ އިސްރަށްވެހިންނެވެ. މީގެ އިތުރުން ވެސް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި އަމިއްލަ އެކި ފަރާތްތަކުން ދީފައިވާ އެހީތެރިކަމަށްޓަކައި ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފައިނު ކައުންސިލުން ތަރައްގީކުރި ހިތްގައިމު "މާނެރު ބީޗް" ހުޅުވައިފި ފައިނު ކައުންސިލުން ތަރައްގީކުރި ހިތްގައިމު "މާނެރު ބީޗް" ހުޅުވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:54 PM Rating: 5

No comments:

Powered by Blogger.