ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަކެތި ނީލަން ކިޔުން

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ލަކުޑި (ގަސް) ނީލަންކިޔުން 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:00 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު ޝީޓް، މިއިޢުލާނާއިއެކު ހިމެނިފައިވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ފައިނު ސިއްހީ މަރުކަޒާއި ދިމާ އަތިރިމަތި ސަރަހައްދަށް ޙާޟިރުވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 4000311 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު އެތަނުން ގެންދަވަންވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


ިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަކެތި ނީލަން ކިޔުން ިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަކެތި ނީލަން ކިޔުން Reviewed by ފައިނު ކައުންސިލް އިދާރާ on 3:38 AM Rating: 5

No comments:

Powered by Blogger.