skip to main |
skip to sidebar
ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެގެން މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2020/13 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށަހަޅުއްވާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއީ، މިކަމަށްޓަކައި ކުރެވޭ 4 ވަނަ އިޢުލާނެވެ.
ގޭގެއިން އުކާލުމަށް ނެރޭ ކުނި، ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުދަ މިދެދުވަހު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުނިކޮށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. އިސްވެ ދެންނެވުނު 2 ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ކުނި އުކާލުމުގެ މަސައްކަތުގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 3 ގަޑިއިރެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި އިތުރު ވަގުތު ހިނގައިފިނަމަ އިތުރަށް ހިނގި ވަގުތަށްވާ ފައިސާ ދެވޭނެއެވެ. ޕިކަޕަށް ކުނި އެރުވުމާއި ކުނި ކޮށްޓަށް ކުނިތައް ބޭލުމުގެ މަސައްކަތް ކުރާނީ އެކަމަށް ހަމަޖެއްސިފައިވާ މުވައްޒަފުންނެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
12:54 AM
Rating:
5
No comments: