ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ޕޮއިންޓް ޝީޓް އާއްމުކުރުން

މިރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2022/58 ގެ އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްޝީޓާއި، ގޯތި ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.

ވީމާ، މިލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 27 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން އެޝަކުވާއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ޝަކުވާއަށް ހުޅުވާލާ ފުރުސަތަށްފަހު ގޯތިލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.


ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ޕޮއިންޓް ޝީޓް އާއްމުކުރުން ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ޕޮއިންޓް ޝީޓް އާއްމުކުރުން Reviewed by ފައިނު ކައުންސިލް އިދާރާ on 3:07 AM Rating: 5

No comments:

Powered by Blogger.