ވާރު ފުޓްސަލް ޗެެލެންޖުގެ ޗެމްޕިއަންކަން މިއެސްޓާއިން ހޯދައިފި
ފައިނު ކައުންސިލުން ކުރިއަށް ގެންދިޔަ ވާރު ޗެލެންޖުގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިއެސްޓާ އިން ހޯދައިފިއެވެ. މިރޭ ފައިނު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ބައްދަލުކުރީ މިއެސްޓާއަދި ޑާކް ސްޓްރައިކާސްއެވެ. މި މެޗް 2 - 1 އިން ކާމިޔާބުކުރީ މިއެސްޓާ އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިއެސްޓާގެ މަމްދޫހް ޢަބްދުލް ޤާދިރެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ވެސް ހޮވުނީ މިއެސްޓާގެ މަމްދޫހު ޢަބްދުލް ގާދިރެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން: 1. މަމްދޫހް ޢަބްދުލް ޤާދިރު | މިއެސްޓާ 2. މުޙައްމަދު ޝާފިއު | ޑާކް ސްޓްރައިކާސް 3. މުޙައްމަދު ޖުމާން | މިއެސްޓާ 4. އިބްރާހީމް ރަޝީދު | ޑާކް ސްޓްރައިކާސް 5. މުސްލިމް މުޙައްމަދު | ޑާކް ސްޓްރައިކާސް މުބާރާތުގެ ކިންގްގެ މަގާމު ވެސް ހޯދީ މިއެސްޓާގެ ޖާޒީ ނަންބަރު 69 މަމްދޫހް ޢަބްދުލް ޤާދިރެވެ. މިއީ މިއެސްޓާ މި މުބާރާތުގެ ޗެމްޕިއަންކަން ނެގި ދެވަނަ ފަހަރެވެ. ވާރު ފުޓްސަލް ޗެލެންޖުގެ 2019 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ މިއެސްޓާއިންނެވެ. އެއީ ވާރު ޗެލެންޖުގެ ފުރަތަމަ އަހަރެވެ.

No comments: