ފައިނު ކައުންސިލްގެ ބިލްތައް ފަހިޕޭ މެދުވެރިކޮށް ދެއްކޭގޮތް ހަދައިފި
ރ. ފަައިނު ކަައުންސިލަށް އާންމު ފަރާތްތަކުން ދައްކަންޖެހޭ ބިލްތައް ފަސޭހަކަމާ އެކު ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް ދެއްކޭގޮތް ހަމަޖައްސައިފިއެވެ.
ފައިނު ކަައުންސިލުން އާންމުކޮށްފައިވާގޮތުން، މި ހިދުމަތް ފެށުމާ އެކު ކައުންސިލަށް ދައްކަންޖެހޭ ބިލްތައް ފަހިޕޭ އެޕަށް ފައިސާ ޖަމާކޮށްގެން ދެއްކޭނެއެވެ.
އޭގެ އިތުރުން، އެންމެ ބޮޑު ފަސޭހައެއްގެ ގޮތުން، ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ އަދަދުތައް ކޮންމެ ވަގުތަކުވެސް ބަލައިލެވެން ހުރުމާއި ބިލެއް އޮތްނަމަ އެކަން އެޕްލިކޭޝަން މެދުވެރިކޮށް އާންމު މީހާއަށް ނޯޓިފިކޭޝަން ލިބިގެންދާގޮތް ހަމަޖެހިގެންދާނެކަމަށް ފައިނު ކައުންސިލުން ބުނެއެވެ.
މި ހިދުމަތުގެ ސަބަބުން، ފައިސާ ދައްކަންޖެހޭ އަދަދުތައް ހޯދުމަށް އިދާރާއަށް ގުޅައިގެން ސާފުކުރަންޖެހޭޖެހުން ކުޑަވެގެންދާނެއެވެ.
މި ހިދުމަތަކީ މިހާރު ރާއްޖޭގެ ބައެއް ހިސާބުތަކުގައި ވެސް ބޭނުންކުރަމުންދާ ހިދުމަތެކެވެ.

No comments: