ވާރު ހޭންޑްބޯލް ޗެެލެންޖުގެ ޗެމްޕިއަންކަން އިންފާނޯ ސްކޮޑުން ހޯދައިފި

މިރޭ ފައިނު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗްގައި އިންފާނޯ ބައްދަލުކޮށްފައިވަނީ ޝޫޓާސް އާއެވެ. މި މެޗް އިންފާނޯ ސްކޮޑުން ކާމިޔާބު ކުރީ 5 - 3 އިންނެވެ. 

މިރޭ ކުޅުނު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިންފާނޯގެ ޖާޒީ ނަންބަރު 15 މަރިޔާމް ނާސިހާއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ އިންފާނޯ ސްކޮޑްގެ ޖާޒީ ނަންބަރު 4 އައިމިނަތު ނުހާއެވެ.
 
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން:

1.   އިންފާނޯ ސްކޮޑް |ޖާޒީ: 21 | ނަޝްފާ އަޙްމަދު
2.   އިންފާނޯ ސްކޮޑް | ޖާޒީ: 4 | އާމިނަތު ނުހާ
3.   އިންފާނޯ ސްކޮޑް | ޖާޒީ: 15 | މަރިޔަމް ނާސިހާ
4.   ޝޫޓާސް  | ނަޒާހަތު ޙަސަން  
5.   އިންފާނޯ ސްކޮޑް: ޖާޒީ 7 | އައިޝަތު ވިދާދާ
6.   ޝޫޓާސް | ޖާޒީ 27 |  އައިޝަތު އީމާން
7.   ޓީމް ޔުނީކް | ޖާޒީ 8 | ހަފީޒާ އިބްރާހީމް

މި މުބާރާތުގެ ކުއީންއަކަށް ހޮވުނީ އިންފާނޯ ސްކޮޑްގެ ޖާޒީ ނަންބަރު 4 އައިމިނަތު ނުހާއެވެ. 
ވާރު ހޭންޑްބޯލް ޗެެލެންޖުގެ ޗެމްޕިއަންކަން އިންފާނޯ ސްކޮޑުން ހޯދައިފި ވާރު ހޭންޑްބޯލް ޗެެލެންޖުގެ ޗެމްޕިއަންކަން އިންފާނޯ ސްކޮޑުން ހޯދައިފި Reviewed by އިބްރާހީމް ފަހީމް on 1:51 PM Rating: 5

No comments:

Powered by Blogger.