ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަތުރުވެރިންގެ ހިޔާގެ ކުރެހުމަށް ޙިޔާލު ހުށަހެޅުން

މިޞަފްޙާގެ ބޭނުމަކީ ކައުންސިލުން ރަށުގެ ބަނދަރުމަތީ އެޅުމަށް ހަމަޖެހިފައިވާ ދަތުރުވެރިންގެ ހިޔާގެ ކުރެހުމަށް ޙިޔާލު ހުށަހެޅުމެވެ. ތިރީގައި ހިމަނާފައިވާ ފޮޓޯތަކުން އެފެންނަނީ މިހާތަނަށް މިޢިމާރާތް ޑިޒައިން ކުރެވިފައިވާގޮތެވެ. ނަމަވެސް، ކުރެހުން ފައިނަލް ކުރުމުގެ ކުރިން ރައްޔިތުންގެ ތެރެއިން ލިބޭ ޙިޔާލުތަކަށް ރިޔާޢަތް ކުރެވޭނެއެވެ.

ވީމާ، މިކުރެހުމަށް ހިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޞަފްޙާގެ އެންމެތިރީގައިވާ ބައި ފުރިހަމަ ކޮށްދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ 2 އޯގަސްޓް 2018 ވަނަ ދުވަހުގެ މެންދުރު 1:00 އާއި ހަމައަށެވެ.

އުތުރުފަޅިން ޢިމާރާތް ފެންނާނެގޮތް

ހުޅަނގު އިރުން ޢީމާރާތް ފެންނާނެގޮތް

އިރު އުތުރުފަޅިން ފެންނާނެގޮތް


ޢިމާރާތުގެ ފެންޑާ


ޢިމާރާތުގެ ދެކުނުފަޅި

ޢިމާރާތުގެ އެތެރެ

މުހިންމު ބައެއް މަޢުލޫމާތު
  • އިމާރާތުގެ ދިގުމިން 36 ފޫޓް 24 ފޫޓް
  • ފެންޑާގެ ބޮޑުމިން 5 ފޫޓް
  • ފާހާނާއެއް ހިމެނޭނެ
  • ޢިމާރާތް އަޅާނެ ބިމެއް ކަނޑައަޅާނީ ލޭންޑްޔޫސް ޕްލޭނަށް ފުށުނާރާނެ ގޮތެއްގެމަތިން ރައްޔިތުންގެ ޖަލްސާއަކުން ލިބޭ ހިޔާލަށް ބެލުމަށްފަހު
ދަތުރުވެރިންގެ ހިޔާގެ ކުރެހުމަށް ޙިޔާލު ހުށަހެޅުން ދަތުރުވެރިންގެ ހިޔާގެ ކުރެހުމަށް ޙިޔާލު ހުށަހެޅުން Reviewed by ފައިނު ކައުންސިލް އިދާރާ on 2:16 AM Rating: 5

No comments:

Powered by Blogger.