ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

 އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މިރަށުން މޫސުމީ ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުވެސް ދަނޑު ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބޭ ގޮތަށް ބަލައިގެނެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ސޯސަންމަގުގެ ދެކުނުން 24 ދަނޑާއި އަޙްމަދުފުޅު ކޮށިމަގުން 45 ދަނޑެވެ.

ވީމާ، ދަނޑުހެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ.

އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް https://www.fainucouncil.gov.mv/p/dhandubimahedheyform.html ޒިޔާރަތް ކުރެއްވުން އެދެމެވެ.

 

މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން މޫސުމީ ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން Reviewed by އާމިނަތު ވަސީމާ on 11:49 PM Rating: 5

No comments:

Powered by Blogger.